Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

އިމްރާންގެ "އާވާރާޕަން 2" ގެ ޝޫޓިން ފަށައިފި

އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމެއް ކަމަށްވާ "އާވާރާޕަން" ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފި އެވެ.

މިކަން މިއަދު ހިއްސާކޮށް އިމްރާން ވަނީ ފިލްމުގެ ނަން ލިޔެފައިވާ ކްލެޕްބޯޑްގެ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ. "އާވާރާޕަން 2" އަކީ ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އިން 2007 ގައި ގެނެސްދިން މަގުބޫލު ކްރައިމް ޑްރާމާ "އާވާރާޕަން" ގެ ދެވަނަ ބައެވެ.

އިމްރާނާއި ޝްރިޔާ ސަރަން ލީޑް ރޯލު ކުޅުނު އެ ފިލްމުގެ ޑައިރެކްޓަރަކީ ދާދި ފަހުން ވަރުގަދަ ބްލޮކްބަސްޓާ "ސައްޔާރާ" ގެނެސްދިން މޯހިތު ސޫރީ އެވެ.

ނަމަވެސް "އާވާރާޕަން 2" ގެ ޑައިރެކްޓަަރަކީ ނިތިން ކައްކަރް އެވެ. މި ފިލްމުގެ ޝޫޓިން މިއަދު ފެށި ނަމަވެސް އަދިވެސް ފިލްމުގެ ބަތަލާ އަކީ ކާކުކަން ހާމައެއް ނުކުރެ އެވެ.

ނަމަވެސް ދާދި ފަހުން މީޑިއާތަކުން ބުނީ "އާވާރާޕަން 2" ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ ކަމަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން އޮތީ އަންނަ އަހަރުގެ އެޕްރީލް 3 ގަ އެވެ.

އިމްރާންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ނޮވެންބަރު 7 އަށް ތާވަލުކޮށްފައިވާ "ހަޤް" އެވެ. ސުޕަން ވަރްމާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ޔާމީ ގޯތަމެވެ.