Last Updated: July 6, 05:48
Monday, July 6, 2026
ޚަބަރު

މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކުރި ނަމަވެސް އަދި އެޖެންޑާ އާންމުކޮށްފައެއް ނުވެ އެވެ.

މި ފެށޭ ދައުރަށް ސަރުކާރުން މުހިއްމު ބިލުތަކެއް މަޖިލީހަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެކި ސަރުކާރުތަކުގެ ދުވަސްވަރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އެސެޓް ރިކަވަރީ ގާނޫނަކާއި، އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ ބިލެއް ހުށަހެޅުން ހިމެނެ އެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހެޅުމަށް ވަނީ ނިންމައިފަ އެވެ.