Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ހުޅުދޫގައި އޯޕަން ވޯޓާ ޑައިވިން ކޯހެއް ބާއްވަނީ

އައްޑޫ ހުޅުދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން ބާއްވަން ހަމަޖެހިފައިވާ އޯޕަން ވޯޓާ ޑައިވިން ކޯހެއްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

މި ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 10 މީހަކަށެވެ.

ހުޅުދޫގައި ދިރިއުޅޭ 17 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްފައިވާ ކޯހަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 2 އާ ހަމައަށެވެ. އަވަށު އޮފީހުން ބުނީ ކޯހަށް ބައިވެރިވާން ހޮވާނީ ނަން ނޯޓްކުރާ ތަރުތީބުން ކަމަށެވެ.

އެހެންވެ ފުރުސަތު ލިބޭނީ އެންމެ ފުރަތަމަ ނަން ނޯޓް ކުރާ މީހުންނަށެވެ. ނަން ނޯޓް ކުރާނީ 7933088 އަށް ވައިބާކޮށްގެންނެވެ.

ހުޅުދޫ އަވަށު އޮފީހުން ބުނީ އޯޕަން ވޯޓާ ޑައިވިން ކޯހެއް ބާއްވަން ނިންމީ ހުޅުދޫގައި ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަަސައްކަތުގެ ދަށުން ޒުވާނުން ބާރުވެރިކޮށް، ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމަށް ވެސް މަގުފަހި ކުރުން ކަމަށެވެ.