Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

މަތިވެރި އާއި ރިނބިދޫގައި މިސްކިތް އަޅަން ހަވާލުކޮށްފި

އއ. މަތިވެރީ އާއި ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އަޅަން އިސްލާމިކް މިނިސްޓްރީން މިއަދު ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މަތިވެރީގެ މިސްކިތް ހަވާލުކުރީ، ކޭ އެންޑް އެފް ހޯލްޑިން އާ އެވެ. އެ ރަށުގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތަކީ ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް ހުންނާނެ މިސްކިތެކެވެ.

ރިބުނދޫގަ މިސްކިތް ހަވާލުކުރީ އަފާމީ މޯލްޑިވްސްއާ އެވެ. އެ ރަށުގެ މިސްކިތުގައި ވެސް ދެ ޖިންސުގެ މީހުންނަށް ނަމާދު ކުރާ ބައެއްގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމް ހުންނާނެ އެވެ

އެ ދެ މިސްކިތް ވެސް ތަރައްގީ ކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، އަވިން ހަކަތަ އުފައްދާ ނިޒާމު މެދުވެރިކޮށް ކަރަންޓު ދެވޭ ގޮތަށެވެ.