ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، "އޯޕަން ވިސާ" ގެ ބޭރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި އެއީ މަނާ ކަމެއްކަން އިމިގްރޭޝަނުން ހަނދާންކޮށްފި އެވެ.
އެތަނުން މިއަދު ބުނީ ބިދޭސީންނަށް މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައި ވަނީ ހަމައެކަނި ވިސާ ދޫކުރި ތަންތަނުގައި ހުއްދަކޮށްފައިވާ މަސައްކަތްތައް ކުރަން ކަމަށެވެ. އެހެންވެ އެ އުސޫލާ ހިލާފަށް އަމަލު ކުރާ ބިދޭސީ ޑީޕޯޓްކޮށް ވަޒީފާ ދޭ މީހުންނަށް ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެހެންވެ އިމިގްރޭޝަނުން ވަނީ ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ އިތުރަށް އާންމުން ވެސް ޒިންމާދާރުކޮށް އަމަލު ކުރަން އިލްތިމާސްކޮށްފަ އެވެ.