Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހެލްތް ސްކްރީނިން ޕްރޮގްރާމެއް ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ ދުޅަހެޔޮ ދިރިއުޅުމާއި ގުޅޭގޮތުން މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުންގެ ސިއްޙީ ޙާލަތު ދެނެގަތުމަށް ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން އިއްޔެ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޙަރަކާތުގެ ތެރެއިން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ހެލްތު ސްކްރީނިން ހަދާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އަދި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށްވެސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.