Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިތަދޫ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފުތާގެ ތެރޭގައި އައްޑޫ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރީ ހިތަދޫ، ސަންރީފް، ޢަލީ އަސްޢަރު، 30، އެވެ. ފުލުހުން ބުނ އޭނަ ހައްޔަރުކުރީ ހޯމަ ދުވަހު ކަމަށެވެ.

އަސްޢަރު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ޖަހާފައިވެ އެވެ.

މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުބާ ދެމުންނެވެ. އަދި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.