ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޡުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ހަދިޔާއެއް ދޭން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ކޭޓަރިންގެހިދުމަތް ދޭ ބުރުޒް ކޭޓަރިންގެ ފަރާތުން ހަދިޔާއެެއްގެ ގޮތުގައި ދެނީ ގޮތުގައި ޑިނާ ވައުޗާއެއް ކަމަށެވެ.
އިއްޔެ އިން ފެށިގެން އެ ވައުޗާ ދޭން ފަށާފައިވާ އިރު ވައުޗާގެ ދަށުން ޙާފިޡާއި އާއިލާގެ ދެ މީހަކަށް ކެއުމުގައި ބައިވެރިވެވޭނެ އެވެ. ވައުޗާގެ އިތުރުން ބުރުޒު ކޭޓަރިން އިން ޙާފިޡުންނަށް 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ވައުޗަރެއް ވެސް ދެ އެވެ. އެ ވައުޗާގެ މުއްދަތަކީ މަސް ދުވަހެވެ.
ޙާފިޒުންނަށް ހަދިޔާއެއް ދޭން ފެށުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވަނީ ބުރުޒު ކެޓަރިންގެ ވެރިންނަށް ޝުކުރު ވެސް އަދާ ކުރައްވައިފަ އެވެ.
ގިނަ އަދަދަށް ޚާފިޒުން އުފައްދަން ސަރުކާރުން މިހާރު ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ އިރު، ޚާފިޒުންނަށް ދޭ އެލަވަންސް ވެސް ދާދި ފަހުން ވަނީ 2،000ރ. އިން 4،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ޚާފިޒުންނަށް އުމްރާގެ ދަތުރު ވެސް ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
މި އަހަރަކީ އަލަށް ޚާފިޒުންނަށް ހާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ވެސް ބާއްވަން ފެށި އަހަރެކެވެ. އެ ރަސްމިއްޔާތު މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާނީ ރަމަޟާން މަހުގެ 27 ވިލޭރޭގަ އެވެ.
ރާއްޖޭގައި މިހާރު ޤުރުއާން ހިތުދަސް ޙާފިޒުންގެ އަދަދު 284 އަށް އަރަ އެވެ.