Last Updated: June 8, 21:45
Monday, June 8, 2026
މުނިފޫހިފިލުވުން

ޕްރަބާސްގެ "ރާޖާ ސާބް" ފަސްކޮށްފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޕްރަބާސްގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ރާޖާ ސާބް" ރިލީޒްކުރުން ފަސްކޮށް، ފިލްމުގެ ޓްރެއިލާ ދައްކާލައިފި އެވެ.

ކުރިން މި އަހަރުގެ ޑިސެމްބަރު މަހުގެ 5 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމި މި ފިލްމު ރިލީޒްކުރަން މިހާރު ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 9 ގަ އެވެ.

މަރޫތީ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ދަ ރާޖާސާބް" ގެ ކާސްޓްގައި މަލްވިކާ މޯހަނަން، ނިދީ އަގަރްވާލް، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ކޭރް، ޒަރީނާ ވައްހާބް، ޔޯގީ ބާބޫ، ވަރަލަކްޝްމީ ސަރަތުކުމާރު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެ އެވެ. އަދި މީގެ ވަރަށް ހާއްސަ ލަވައަކުން ނަޔަންރަތާ ވެސް ފެންނާނެ އެވެ.

"ބާހްބަލީ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހުރާފީ ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" އެވެ.

އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕިރިޓް" އާއި "ކަލްކީ" ގެ ދެވަނަ ބަޔާއި 2023 ގެ "ސަލާރު" ގެ ދެވަނަ ބައިގެ އިތުރުން "ފައުޖީ" ހިމެނެ އެވެ.