Last Updated: June 7, 11:01
Sunday, June 7, 2026
ޚަބަރު

ޔޫރޯ އާއި ޔުއާން ޓީޓީތަކަށް ވެސް ސަޕޯޓް

ވިޔަފާރީގެ ބޭނުންތަކަށް ޔޫރޯ އާއި ޗައިނީސް ޔުއާން އިން ކުރާ ޓީޓީ މުއާމަލާތްތަކަށް ވެސް 50 ޕަސެންޓާ ހަމައަށް ރުފިޔާ އިން ސަޕޯޓު ދޭން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ގައުމީ ބޭންކުުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ބުނީ ޔޫރޯ އާއި ޔުއާނުން ކުރާ ޓީޓީ މުއާމަލާތްތަކުގެ 50 ޕަސެންޓާއި ހަމައަށް ބޭންކް ރޭޓުގައި ރުފިޔާއިން ފައިސާ ހަމަޖެއްސޭނެ ކަމަށާއި އެފަދަ މުއާމަލާތަށް އަރާ އަދަދުގެ ބާކީ ބައި އެ ކަރަންސީއަކުން ނުވަތަ ޑޮލަރު އެ ކަރަންސީއަކަށް މާރުކޮށްގެން ހަމަޖައްސައި ދޭނެ ކަމަށެވެ.

ބީއެމްއެލް އިން ކުރިން ޑޮލަރު ސަޕޯޓުގެ ގޮތުގައި ދެނީ ކުރާ މުއާމަލާތުގެ 10 ޕަސެންޓާ ހަމައަށެވެ. ނަމަވެސް މި ފަހުން ރާއްޖޭގައި ޑޮލަރު ތާށިކަން ބޮޑުވެ، ބޭންލުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓުގެ ގޮތުގައި ދޭ މިންވަރު 30 ޕަސެންޓަށް މަތިކޮށްފަ އެވެ. އަދި މިހާރު 30-50 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެމުން ދެ އެވެ.