ފަހަރުގައި އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންނަށް ކޮފީ ދޭން އުޅެނީ ކަމަށް ވެދާނެ އެވެ. ދާދި ފަހުން އެ ކުންފުނިން ހުޅުމާލޭގައި ކަސްޓަމަރުންނަށް އައިސް ކްރީމް ވެސް ހިލޭ ބޯން ދީފައިވެ އެވެ.
އުރީދޫގެ ކޮފީއެއްގެ ވާހަކަ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ދެކެވެމުންނެވެ. މިި ވާހަކައެއް ފެށުނީ "ކޮފީއެެއް ނެތްހޭ؟" އަހާފައި ސޯޝަލް މީޑިއާ އަށް ކުންފުނިން ދޫކޮށްލި ސުވާލަކުންނެވެ.
އެކަމަކު ވާން އުޅެނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ކަސްޓަމަރުން އުންމީދު ކުރަނީ ކޮފީއާ ވެސް ގުޅުވައިގެން އުރީދޫން ކޮންމެވެސް ކަހަލަ ޕްރޮމޯޝަނަލް ހަރަކާތަކަށް ތައްޔާރު ވަނީ ކަމަށެވެ.
ވާ ގޮތެއް ބަލަން އެތައް ބަޔަކު ތިބީ އިންތިޒާރުގަ އެވެ.