Last Updated: July 5, 23:30
Sunday, July 5, 2026
ޚަބަރު

ސްޓެލްކޯގެ ތިން މުވައްޒަފަކު ރިޓަޔާ ކުރައްވައިފި

ޝަރަފުވެރިކަމާއެކު ސްޓެލްކޯގެ މުވައްޒަފުންތަކެއް ރިޓަޔާ ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު ސްޓެލްކޯއަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.

މި ހަފްލާގައި އެ ބޭފުޅުންނަށް ރިޓަޔާ ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު އެވެ.

ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔާ ކުރެއްވި ބޭފުޅުންނަކީ:

– ސީނިއާ ސާވިސް އިންޖިނިއަރު އަޙުމަދު މަނިކު (ސުތުލި)، ޚިދުމަތުގައި 42 އަހަރު

– ސީނިއަރ ސާވިސް އިންޖިނިއަރު އިބްރާހިމް ރަޝީދު (އަންދަރޭ)، ޚިދުމަތުގައި 34 އަހަރު

– ސީނިއާ ސާވިސް ސުޕަރވައިޒަރު ޙަސަން ޙަލީމް، ޚިދުމަތުގައި 7 އަހަރު