Last Updated: July 5, 23:30
Sunday, July 5, 2026
ޚަބަރު

ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް ފަށަނީ

ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއް މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ލައިސެންސް ނެތި ކަނޑު އުޅަނދުތައް އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން ކަނޑުމަތީގެ ޚާއްޞަ އޮޕަރޭޝަނެއް މި މަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އުޅަނދުފަހަރާއި، މުދަލާއި، އަދި ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.