Last Updated: June 7, 11:00
Sunday, June 7, 2026
ޚަބަރު

ޒުވާނުންގެ އެވޯޑަށް މުއްދަތު އިތުރުކޮށްފި

ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކުރިން ދިން މުއްދަތު މިދިޔަ މަހުގެ 29 އަށް ހަމަވުމާ ގުޅިގެން ޔޫތު މިނިސްޓްރީން ބުނީ މުއްދަތު މިހާރު މި މަހުގެ 7 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެ އއެވެ.

މި އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 12 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ.

އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

* ވިޔަފާރި އާއި އިގްތިސާދު
* އާޓްސް އެންޑް ކަލްޗާ؛ ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
* މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން
* ވޮކޭޝަނަލް ޓްރެއިނިން؛ ދަސްކޮށްދިނުން
* ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
* ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
* މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރުން
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުމަށް މަސައްކަތް ކުރުން
* ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން
* ފަންނިއްޔާތުގެ ދާއިރާ؛ ޓެކްނޮލޮޖީގެ ދާއިރާ
* ޓޫރިޒަމް ދާއިރާ
* ކޮންސްޓަރކްޝަން އެންޑް އިފްރާސްޓްރަކްޗާ ދާއިރާ
* ޒުވާނުން ކުރިއެރުވުމަށާއި، ބާރުވެރިކަން އިތުރުކުރުމަށް ޚިދުމަތްކޮށް ދެމުން އަންނަ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުން ބާރުވެރި ކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު ދެއްވާ ޚާއްސަ އިނާމު
* ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ އެވޯޑު ލިބޭ ޒުވާނުންނށް އިނާމުގެ ގޮތުގައި ހާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބިގެން ދާނެ އެވެ.