Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

އޮގަސްޓް މަހު 129 ބިދޭސީއަކު ޑީޕޯޓްކުރި

އެކި ސަބަބުތަކާ ހެދި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެތެއިން 129 މީހަކު މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުް ބުނެފި އެވެ.

އެތަނުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ ތެރޭގައި ޑީޕޯޓްކުރި މީހުންގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެވެފައިވާ 14 ބިދޭސީއަކާއި އެކި ކުށްތަކުގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 28 ބިދޭސީއަޖާއި ވިސާއާ ޚިލާފުވި 87 ބިދޭސީއަކު ހިމެނެއެ ވެ.

ޑީޕޯޓް ކުރުމުގެ އިތުރުން ތަފާތު އެކި ސަބަބުތަކާ ހުރެ އަމިއްލަ ޤައުމަށް ދާން ބޭނުންވެފައި ތިބި 28 މީހަކު ޤައުމަށް ފޮނުވާލާފައިވާއިރު އަމިއްލައަށް އެދިގެން 282 ބިދޭސީން އެ މީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޮގަސްޓް މަހުގެ ތެރޭގައި 25 ތަނެއްގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި 26 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އޕގަސްޓް މަހު 11،651 ވޯކް ވިސާ ދޫކޮށްފަވާއިރު ގިނަ ވޯކް ވިސާ ދޫކޮށްފައި ވަނީ މާލޭގެ އިމިގްރޭޝަންގެ އޮފީހުންނެވެ. އެއީ 11،320 ވިސާއެވެ. އަދި ރީޖަނަލް އޮފީސްތަކުން 331 ވޯކް ވިސާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.