Last Updated: June 8, 20:40
Monday, June 8, 2026
މުނިފޫހިފިލުވުން

ޓީޒާއާ އެކު 'ތެރެ އިޝްގް މޭ' އަށް ތާރީހެއް

އާނަންދާ އެކު ދަނޫޝް އާއި ކްރިތީ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "ތެރެ އިޝްގް މޭ" ގެ ޓީޒާ ދައްކާކައި ފިލްމު ރިލީޒްކުރާ ތާރީހު ވެސް މިއަދު އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން އާނަންދު ހަދާފައިވާ މި އަސަރު ގަދަ ލޯބީގެ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ އަންނަ މަހުގެ 28 ގަ އެވެ. "ތެރެ އިޝްގް މޭ" ގެ ތަރިންނަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ކުޅޭ ދެކުނު މަޝްހޫރު ތަރު، ތަނޫޝް އާއި ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން އެވެ.

މިއީ ދެ ތަރިންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި "ތެރެ އިޝްގް މޭ" އަކީ އާނަންދާ އެކު، ކްރިތީ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ދަނޫޝް އަކީ އާނަންދުގެ 2021 ގެ "އަތުރަންގީ ރޭ" އާއި 2013 ގެ "ރާންޖަނާ" ގެ ބަތަލު ވެސް މެ އެވެ.

"ތަނޫ ވެޑްސް މަނޫ" ގެ ދެ ފިލްމު ވެސް ގެނެސްދިން އާނަންދުގެ އެންމެ ފަހުގެ ފިލްމަކީ އަކްޝޭ ކުމާރުގެ 2022 ގެ "ރަކްޝާ ބަންދަން" އެވެ.

މި އަހަރުގެ އެންމެ އުންްމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ތެރެ އިޝްގް މޭ" ގެ މިއުޒިކް ހަދާފައި ވަނީ އޭއާރް ރަހުމާނެވެ.