ފުލުހުންނަށް މިދިޔަ މަހު ވެސް އެންމެ ގިނައިން ރިޕޯޓްކުރީ ވައްކަމުގެ މައްސަލަތައް ކަމަށް ބުނެފި އެވެ.
މިދިޔަ މަހު ފުލުހުންނަށް ރިޕޯޓްކުރި މައްސަލަތަކުގެ ތަފާސްހިސާބުތައް ދައްކާ ވައްކަމުގެ 339 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ. އޮގަސްޓް މަހު ވެސް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތެކެވެ. އެ މަހު 304 މައްސަލަ ރިޕޯޓްކުރި އެވެ.
އޮގަސްޓް މަހު ފުލުހުންނަސް ޖުމްލަ 1،003 މައްސަލައެއް ހުށަހެޅި އިރު، މިދިޔަ މަހު ފުލުހުންނަށް ޖުމްލަ 1،084 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކާއި އަދަދުތައް:
* ވައްކަން: 339 މައްސަލަ
* އެކްސިޑެންޓް: 273 މައްސަލަ
* މުދަލަށް ގެއްލުން ދިނުން: 59 މައްސަލަ
* މަކަރާއި ހީލަތް: 24 މައްސަލަ
* ޖިންސީ ގޯނާ: 21 މައްސަލަ
* ޖިސްމާނީ އަނިޔާ: 56 މައްސަލަ
* ގެވެށިއަނިޔާ: 18 މައްސަލަ
* ފޭރުން: 17 މައްސަލަ
* ފޯޖް ކުރުން: 13 މައްސަލަ
* މަސްތުވާތަކެތި: 198 މައްސަލަ
* އެއްޗިއްސަށް ގެއްލުން ދިނުން: 79 މައްސަލަ
ކުށް މަދު ކުރަން ފުލުހުންގެ ރާއްޖޭގައި އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު، ފުލުހުންގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރަން އަންނަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.