ފިލިޕީންސަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ރިކްޓާ މިންގަނޑުން 6.9 ބާރުމިނުގައި އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މަރުވި މީހުންގެ އަދަދު މިހާރު 70 އާ ގާތްކުރާ ކަމަށެވެ.
ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ފިލިޕީންސްގެ ސެބޫ ޕްރޮވިންސަަށެވެ. އަދި އެތަނުުގައި މިހާރު އޮތީ ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.
ޕިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ ދާދި ފަހުން ކުރިމަތިވި ތޫފާނެއްގައި ވެސް ބޮޑެތި ގެއްލުންތަކެއް އެ ގައުމަށް ވެފައި ވަނިކޮށެވެ.

މީޑިއާތަކުން ބުނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގައި ކަމާބެހޭ އެކިއެކި އިދާރާތަކުގެ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މީހުން ސަލާމަތް ކުރުމާއި ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމާއި ކާނާ އާއި އެ ނޫން ވެސް އެހީތެރިކަން އަންނަނީ ފޯރުކޮށް ދެމުންނެވެ.