Last Updated: June 8, 20:40
Monday, June 8, 2026
މުނިފޫހިފިލުވުން

ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރް މިހާރު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ އެކަން ކަށަވަރު ކަމަށާއި ސޯނަމް އިނީ މިހާރު ދެވަނަ ޓްރައިމެސްޓާގައި ކަމަށެވެ. އެކަމަކު އޭނަ ބަލިވެއިން ވާހަކަ ރަސްމީކޮށް ސޯނަމް ހިއްސާކޮށްފައެއް ނުވެ އެވެ.

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު ދެވަނަ ދަރިފުޅަށް ބަލިވެއިން ވާހަކަ މީޑިއާތަކުގައި ދެކެވެން މި ފެށީ މި އަހަރު ނިމުމުގެ ކުރިން ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައި ވަނިކޮށެވެ.

އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2021 ގެ "ބްލައިންޑް" އެވެ.

ސޯނަމްގެ ފުރަތަމަ ދަރިފުޅު ވަޔޫ އަށް މިހާރު 2 އަހަރެވެ. ސޯނަމާއި ވިޔަފާވެރިޔާ އާނަންދު އަހޫޖާ ކައިވެނީ ކުރީ 2018 ގަ އެވެ.