ފެނަކަ ކޮރަޕްޝަންގެ ތަހުގީގު އަވަސްކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާއަށް ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހްޤީޤުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހަޅުއްވާފައިވާ ގަރާރު އެޖެންޑާކޮށްފަ އެވެ.
އަދި ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަންނާން މުހައްމަދު ރަޝީދު ހުށަހަޅާފައިވާ ރީ-އެމްޕްލޯއިމަންޓް ބިލްގެ ބަހުސް ކުރިއަށްގެންދިޔުން ވެސް އެޖެންޑާކޮށްފައިވެ އެވެ.
މީގެއިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް 4 މެންބަރުން، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 2 މެންބަރުން އަދި އެޗްއާރްސީއެމްއަށް މެންބަރަކު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށްވެސް ވަނީ އެޖެންޑާކޮށްފަ އެވެ.