Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

ޓެކްސް ޓްރައިބިއުނަލަށް ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި މަހާޒު

މަހާޒު އަލީ ޒާހިރު - ފޮޓޯ: އަވަސް

ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަކިކުރި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން ހިމަނުއްވައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، އެ ޖަލްސާގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމުގެ ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވާ ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓްރެބިއުނަލަށް ކުރިމަތިލެއްވި ހަތް ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެެވެ. އޭގެ ތެރޭގައި މަހާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު ވަކިކުރީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.