Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އައިޖީއެމްއެޗްގައި ތާރީހީ އޮޕަރޭޝަނެއްކޮށްފި

މައިބަދައަށް ކެމެރާ ލައްވައިގެން ކުރާ އޮޕަރޭޝަން ރާއްޖޭގައި އަލަށް ކޮށްފި އެވެ.

މި އޮޕަރޭޝަންކޮށްފައި ވަނީ އައިޖީއެމްއެޗްގެ ނިއުރޯ ސާޖަރީ ޑިޕާޓްމަންޓުންނެވެ. އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ މައިބަދައިގެ ޑިސްކު ސްލިޕްވުން، ނުވަތަ ނާރު ފިތުން، ނުވަތަ އެކިކަހަލަ ބުރަކަށީގެ ތަދުތަކަށް ފަރުވާ ދިނުމަށް, ނުފަޅާ ކުރާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނަށް ޑޮކްޓަރުން ކުޑަ ހޮޅިއެއްގެ ތެރެއިން ކެމެރާއާއި އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވައްދާނީ މައިބަދައާއި ދިމާލުން ކުޑަ ލޯވަޅެއް ތޮރުފައިގެންނެވެ. އެ

އެއަށް ފަހު، ބުރަކައްޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަނީ އެވެ.

އާންމުކޮށް ފަޅައިގެން ކުރާ އޮޕަރޭޝަންތަކާ ހިލާފަށް މި ގޮތަށް ނުފަޅާ ކުރާ އޮޕަރޭޝަންތަކުގެ ފައިދާ ވަރަށް ބޮޑެވެ. އެއީ، ⁠އޮޕަރޭޝަނަށް ފަހު ވާ ތަދުކުޑަވުމާއި ⁠އަވަހަށް ރަނގަޅުވުމުގެ އިތުރުން ⁠ފާރުގަނޑުގެ ލަކުނު ކުޑަވުމެވެ. އަދި ފަޅައިގެން ކުރާ އޮޕަރޭޝަނަށް ވުރެ މި ގޮތަށް ކުރާ އޮޕަރޭޝަންތަކުން ހޮސްޕިޓަލުން ދޫކޮށްލާ މުއްދަތު ވެސް ކުޑަވެ އެވެ.

މީގެ ކުރިން މިފަދަ އޮޕަރޭޝަންތަކަށް ދިވެހިން ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.