Last Updated: June 8, 20:40
Monday, June 8, 2026
ދުނިޔެ

ޗޭތަންގެ އާ ވާހަކަ އަކީ '12 އިޔާސް'

ވާހަކަ ކިޔަން ލޯބިކުރާ މީހުންނަށް މިއޮތީ އަނެއްކާ ވެސް އާ ވާހަކައެކެވެ. ހާއްސަކޮށް ލޯބީގެ ވާހަކަތައް ލޯބިކުރާ ނަމަ "12 އިޔާސް" އަކީ ކިޔާލަން ކޮންމެހެން ވެސް ހޯދަން ޖެހޭ ކަހަލަ ވާހަކައެކެވެ.

އިއްޔެ ނެރުނު މި ވާހަކަ އަކީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ޗޭތަންގެ ބަގަތުގެ ވާހަކައެކެވެ. އާ ވާހަކަ "12 އިޔާސް: މައި މެސްޑް އަޕް ލަވްސްޓޯރީ" އަކީ އުމުރުގައި 12 އަހަރުގެ ފަރަގެއް ހުންނަ ދެ މީހެއްގެ ލޯބީގެ ވާހަކަ އެވެ. ޗޭތަންް ބުނެފައިވާ ގޮތުގައި މި ވާހަކަ އަކީ އޭނަގެ އެންމެ ތަފާތު އަދި އެންމެ ޖަޒުބާތީ ވާހަކައަށް ވާނެ އެވެ.

އޭނަ ބުނެފައި ވަނީ "12 އިޔާސް" ވާނީ ކިޔުންތެރިން ވަރަށް އުންމީދު ވެސް ނުކުރާ ކަހަލަ ވާހަކައަކަށް ކަމަށެވެ.

ޗޭތަން، 51، ގެ ބައެއް ވާހަަތަކަށް ބޮލީވުޑުން ފިލްމުތައް ވެސް ހަދާފައިވެ އެވެ. އެގޮތުން 2009 "3 އިޑިއަޓްސް" އަކީ އޭނަގެ 2004 ގެ "ފައިވް ޕޮއިންޓް ސަމްވަން" އަށް ބިނާކޮށް ހެދި ފިލްމެކެވެ. ދެހާސް ތޭރައިގެ "ކައި ޕޯ ޗޭ" އަކީ ޗޭތަންގެ 2008 ގެ ވާހަކަ "ދަ 3 މިސްޓްޓޭކްސް އޮފް މައި ލައިފް" އަށް ބިނާކޮށް ހެދި ފިލްމެކެވެ. ދެހާސް ސާދައިގެ "2 ސްޓޭޓްސް" އަކީ ޗޭތަން 2009 ގައި ހަމަ އެ ނަމުގައި ގެނެސްދިން ވާހަކައަކަށް ހެދި ފިލްމެވެ.

މީގެ އިތުރުން 2017 "ހާފް ގާލްގްރެންޑް" އަކީ ހަމަ އެ ނަމުގައި ޗޭތަން 2014 ގައި ގެނެސްދިން ވާހަކައަށް ބިނާކޮށް ހެދި ފިލްމެކެވެ.

"12 އިޔާސް" އަކީ ޗޭތަންގެ ސްޓޭންޑްއެލޯން 8 ވަނަ ވާހަކަ އެވެ.