ގާޒާގައި ބަނޑަށް ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރު ފެށި 'ގްލޯބަލް ސުމުދް ފްލޮޓީލާ' އަށް އިޒްރޭލުން ހުރަސް އަޅާފައިވާތީ އެކަން ރާއްކެ އިން ކުށްވެރިކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އިންސާނީ އެހީ ހިފައިގެން ދިޔަ ބަޔަކަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފު އަމަލެއް ކަމަށާއި އަދި އިޒްރޭލުން ތަކުރާރު ކުރަމުންދާ ލާއިންސާނީ މިފަދަ އަމަލުތަކަކީ ދުނިޔެ ބަލައިގަންނާނެ ކަމެއް ނުން ކަމަށެވެ. އަދި އަދި އަނިޔާވެރި ޔަހޫދީ ދައުލަތުގެ މިފަދަ އަމަލުތަކުން ބައިނަލްއަގުވާމީ މައިދާނުގައި އެ މީހުން ބާކީވުން ނޫން ކަމަށް ނުވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންވެ އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލު ހުއްޓުވަން ދުނިޔެ އަށް ގޮވާލަން." ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވޫީ ރާއްޖެ އަބަދު ވެސް އޮންނާނީ ފަލަސްތީނާ އެކީގައި ކަމަށާއި އެ ގައުމުގެ ރައްޔިތުންގެ ކުރަން ޖެހޭ ކަންކަމުގައި ރާއްޖެ ސާބިތުވެ އޮންނާނެ ކަމަށެވެ.
އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރު ފެށި 'ގްލޯބަލް ސުމުދް ފްލޮޓީލާ' އަށް އިޒްރޭލުން ހުރަސް މައްސަލަ ރައީސް ކުށްވެރި ކުރި އިރު، އެކަމާ ގުޅޭ ކުއްލި މައްސަލައެެއް ވެސް މިއަދުގެ ރައްޔިތުންގެ މަޖިލީހުންގެ ޖަލްސާ އަށް ބަލައިގެންފައިވެ އެވެ.
މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރެވެ.
އޭނަ ހުށަހެޅުއްވިމައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުން އަންނަ ފްލޮޓޮލާ އަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ. އެ ދަތުރުގައި ދެ ދިވެއްސަކު ވެސް ބައިވެރިވާ ކަމަށާއި އެ މީހުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރެވޭނީ ކޮން ކަމެއްތޯ ބެލުމަށް ވެސްކުއްލި މައްސަލައިގައި ގޮވާލައިފައިވެ އެވެ.
ފްލޮޓިލާއިން ބުނެފައިވާ ގޮތުގައި އެ ލަޝްކަރުގައި ހިމެނޭ އުޅަނދުތަކަށް އިޒްރޭލުން ހަމަލާތައް ދޭން ފަށާފައ އިރު، މިހާތަނަށް ވިއްސާ ގާތްކުރާ އަދަދެއްގެ އުޅަނދުޔައް ހުއްޓުވާފައިވެ އެވެ.