އައްޑޫގައި ބެޑްމިންޓަން އަމްޕަޔަރުން ނުވަތަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 12-20 އަށް ހިތަދޫގަ އެވެ.
އެހެންވެ ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އައްޑޫގައި ބެޓްމިންޓަން އަމްޕަޔަރުންގެ ކޯހަކަށް ހުޅުވައިލި އިރު، މި މަހުގެ ތެރޭގައި އައްޑޫގައި "ބެޑްމިންޓަން ފިއެސްޓާ" އެއް ވެސް ބާއްވަން ކައުންސިލުން އަންނަނީ ތައްޔާރުވަމުންނެވެ. އޭގައި ބައިވެރިވާން ދިން ސުންގަޑި މިއަދު މެންދުރު ފަހު 2:00 އަށް ހަމަވާނެ އެވެ.
އައްޑޫގައި ބެޓްމިންޓަން ފިއެސްޓާއެެއް ބާއްވަން ނިންމި އިރު، ބެޑްމިންޓަން އަކީ އައްޑޫގެ އެކި އުމުރުފުރާތަކުގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކުޅިވަރަކެވެ. އަދި އެ ކުޅިވަރުގެ އެކިއެކި މުބާރާތްތައް ވެސް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.