Last Updated: June 8, 20:40
Monday, June 8, 2026
މުނިފޫހިފިލުވުން

އަޖޭގެ 'އެންވައި ސިނަމާސް' ރީބްރޭންޑްކޮށްފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، އަޖޭ ދޭވްގަން އިންޑިއާގެ އެކި ހިސާބުތަކުގައި ޒަމާނީ ސިނަމާތަކެއް ހުޅުވަން އުފައްދާފައިވާ ކުންފުނި 'އެންވައި ސިނަމާސް' ރީބްރޭންޑްކޮށްފި އެވެ.

މިހާތަނަށް އެކި ސިޓީތަކުގައި ސިނަމާތައް ހުޅުވާފައިވާ އެ ކުންފުނި ރީބްރޭންޑްކުރީ "ދޭވްގަން ސިނެކްސް" އަށެވެ. ކުންފުނި ރީބްރޭންޑްކުރީ ވިޝްނާ ސަމުދުރާ ގްރޫޕާ އެކު ހެދި ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުންނެވެ.

ކުންފުނި ރީބްރޭންޑް ކުރުމުގެ ގޮތު އިއްޔެ މުމްބާއީގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި އަޖޭގެ އަންހެނުން، މަޝްހޫރު ބަތަލާ ކާޖޮލް އާއި ދޮށީ ދަރިފުޅު ނީސާ ދޭވްގަން ވެސް ބައިވެރި އެވެ.

"އެންވައި ސިނަމާސް" ރަމްޒުކޮށް ދެނީ އަޖޭގެ ދެ ކުދިންގެ ނަމެވެ. އެގޮތުން 'އެން' އަކީ ނީސާ، 23، ގެ ނަމުގެ ފުރަތަމަ އަކުރެވެ. 'ވައި' އަކީ ފިރިހެން ދަރިފުޅު ޔުގް ދޭވްގަން، 15، ގެ ނަމުގެ ފުރަތަމަ އަކުރެވެ.

ކުންފުނި "ދޭވްގަން ސިނެޕްލެކްސް" އަށް ރިބޭންޑްކުރުމާ ގުޅޭ ގޮތުން އަޖޭ ބުނީ މިއީ އަނެއްކާ ވެސް އާބާބެއްގެ ފެށުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ސިނަމާތަކުގެ ތަފާތު ތަޖުރިބާތަކެއް އެ މީހުން ގެނެސްދޭނެ ކަމަށެވެ.

ވިޝްވާ ސަމުދްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ޝިދްދަތު ދާސް ބުނީ "ދޭވްގަން ސިނެޕްލެކްސް" އަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި މިއީ ވަރަށް ބޮޑު ތަސައްވުރެއްގެ ފެށުން ކަމަށެވެ.