Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ޕީއެންސީއާ ގުޅުނު ވައްޑެ ސްޓޭޓް މިނިސްޓަރަކަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ދޫކޮށް ޕީއެންސީ އަށް ދާދި ފަހުން ސޮއިކުރި މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފި އެވެ.

އޭނަ ވެރިކަން ކުރާ ޕާޓީއާ ގުޅުނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރަށް ކުރިން ވަރަށް ބޮޑަށް ފާޑުކިޔުމަށް ފަހު މިދިޔަ މަހުގެ ތެރޭފައި ރައީސާއި ފަސްޓްލޭޑީގެ އަރިހުން މައާފަށް ވެސް އެދުމަށް ފަހު އެވެ.

އޭރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ބުނެފައި ވަނީ ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ހައިސިއްޔަތުން ވާހަކަތައް ދެއްކީ އޭރު ލިބުނު މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށެވެ.