Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ހުޅުވާލައިފި

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު ދޭނީ މި އަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހު ކަމަށެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ބާއްވާނީ ރ. ދުވާފަރުގަ އެވެ.

އެހެންވެ މި އަހަރުގެ އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްބާ ފަރާތްތަކަށެވެ.

އެވޯޑުތަކަށް ކުރިމަތިލާ ފަރަތްތަކުގެ ޝަރުތުތަކުގެ ތެރޭގައި މިހާރު ވެސް މަސްވެރިކަމުގައި ޢަމަލީ ގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާން ކެޔޮޅަކަ ވުމާއި، މިހާރުވެ ސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން މަތީގެ ތަޖުރިބާކާރު ކެޔޮޅަކަށްވުމުގެ އިތުރުން، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔަކަށވުން ހިމެނެ އެވެ.

އެވޯޑުތަކަށް ލާން ހުޅޫވާލާފައި ވަނީ މި މަހުގެ 23 އާ ހަމައަށެވެ. ފޯމް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅިދާނެ އެވެ.

ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު 10 އެވެ.