Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އައްޑޫ ދޮންހެރަ ހަލާލު ޓޫރިޒަމަށް ހުޅުވާލައިފި

އައްޑޫގެ ފަޅުރަށެއް ކަމަށްވާ ދޮންހެރަ ހަލާލު ޓޫރިޒަމަށް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ މިކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 8 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ދޮންހެރަ އަކީ 2022 ގައި އައްޑޫގެ ބިން ހިއްކަން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ތެރެއިން ޓޫރިޒަމަށް ހާއްސަކޮށްގެން ހިއްކި ދެ ރަށުގެ ތެރެއިން އެއް ރަށެވެ. މިއީ މީދޫ ފަޅުތެރެއިން ހިއްކި ރަށެވެ.

ދޮންހެރައިގެ ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ. ފުރަތަމަ ސެޝަން އޮންނާނީ މި މަހުގެ 27 ގަ އެވެ. ދެވަނަ ސެޝަން އޮންނާނީ އަންނަ މަހުގެ 10 ގަ އެވެ. އެ ސެޝަންތަކުގައި ބައިވެރިވާން ބޭނުންވާ އިންވެސްޓަރުން މި މަހުގެ 26 އާއި އަންނަ މަހުގެ ގެ 9 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީ ވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ދޮންހެރައިގެ ބިޑް ޑޮކިއުމަންޓް ވިއްކާނީ މި މަހުގެ 5 އިން ފެށިގެން ޑިސެމްބަރު މަހުގެ 4 އާ ހަމައަށެވެ.

ދޮންހެރަ ހަލާލު ޓޫރިޒަމަޑް ތަރައްގީ ކުރަން ހުޅުވައިލީ ހަންކެޑެ މިިދިޔަ ޖޫން މަހުގެ ތެރޭގައި ހަލާލު ޓޫރިޒަމަށް ހާއްސަ ކުރުމަށް ފަހު، ރައީސްގެ ގަރާރަކުން އިއްޔެ އެތަން ރިއަލް ސްޓޭޓް މޮޑެލް އަށް ތަރައްގީ ކުރަން ނިންމުމާ ގުޅިގެންނެވެ.