މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ފަތުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިލްތިމާސެއް ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ރާއްޖޭގެ ރީތިކަމާއި އަމާންކަމާއި ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތް ކުރަން އިލްތިމާސް ކުރައްވާ ކަމަށެވެ.
"ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް މި ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ޞިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގައި، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް… pic.twitter.com/bKBjw03QgW
— Dr Mohamed Muizzu (@MMuizzu) October 3, 2025
ރައީސްގެ ޕޯސްޓްގައި ވަނީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެ ސިނާޢަތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. އަދި ރާއްޖޭގެ އިގުތިސާދު މިހާރު ބިނާވެފައި އޮތީ އެ ސިނާއަތަށެވެ.