Last Updated: July 5, 11:00
Sunday, July 5, 2026
ޚަބަރު

ހުޅުމާލޭގައި މާރާމާރީއެއް، ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހި

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 17:07 ހާއިރު ހުލުމާލެ ފޭސް ދޭއް ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގި މަންޒަރު ފެނުނު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެއީ އުމުރުން 19 އަހަރު އަންހެނަކާއި 18 އަހަރު އަންހެނަކާއި 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެއް ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.