Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ގއ. ވިލިނގިލީގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ދިވެހި ޕާސްޕޯޓްތަކެއް -- ފޮޓޯ: ޓީއެމްޖޭ

ގދ. ވިލިނގިލީގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ގއ. ވިލިނގިލީގައި ރޭ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި ހިދުމަތް ފެށުމާއެކު، ގއ. އަތޮޅުގެ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޕާސްޕޯޓާ ގުޅޭ ހިދުމަތްތައް ލިބިގެންދާނެ އެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެެކެވެ.