ޕްރިޒަން އޮފިސަރުންގެ ވަޒީފާތަކަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއީ ކެރިއަރެއް ބިނާކުރަން ބޭނުންވާ ޒުވާނުންނަށް ވަރަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެހެންވެ ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މަގާމުގެ ޝަރުތުތަކަކީ އޯ ލެވެލް ހަދާފައިވުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއި ޢުމުރު 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކަށްވުމެވެ.
ޕްރިޒަން އޮފިސަރުންގެ ވަޒީފާތަކަށް ނަގާ މީހުންގެ ޓްރެއިނިންގެ މުއްދަތުގެ ތެރޭގައި މުސާރަ އަކީ މަހަކު 6،050ރ. އެވެ. އަދި ޓްރެއިނިން އަށް ފަހު އަސާސީ މުސާރަ 15،072ރ. އަށް ބަދަލުވާނެ އެވެ.
ޕްރިޒަން އޮފިސަރުން ހޯދަން ކަރެކްޝަންސް އިން އެންމެ ފަހުން އިއުލާންކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އަދި މި އަހަރުހެ ޖެނުއަރީގެ ތެރޭގައި ވެސް ހުޅުވައިލި އެވެ.