ރައްޔިތުންގެ މަޖިލީހުގެ ނައިބުރަ އީސް އަހުމަދު ނާޒިމް، ބާބަޑޯސް އަށް ރޭ ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ އޭނަގެ މި ދަތުރަކީ 68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސް (ސީޕީސީ) ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
ނާޒިމަކީ ސީޕީއޭ އޭޝިއާ ރީޖަނަލް މެންބަރެކެވެ.
ނާޒިމްގެ ބާބެޑޯސްގެ ދަތުރަކީ މިއަދުން ފެށިގެން މި މަހުގެ 12 އަށް ކުރައްވާ ދަތުރެކެވެ، އޭނަގެ އަރިހުގައި މަޖިލީހުގެ އިތުރު ދެ މެންބަރާކާއި މަޖިލީހުގެ އިދާރާގެ އިސް ދެ ބޭފުޅަކު ވެސް ބައިވެރިވެވަޑައިގަނެ އެވެ.