Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ރޭގެ މުޒާހަރާގައި ހާޓްއެޓޭކެއް ޖެހުނު މީހަކު ސީރިއަސް

އެމްޑީޕީން ރޭ މާލޭގައި "ލޫޓްވައި ލޫޓްވައިފި" ގެ ނަމުގައި ބޭއްވި މުޒާހަރާގައި މީހަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން އެބަދެ އެެވެ.

ހާޓްއެޓޭކެއް ޖެހި ހާލު ސީރިއަސްވެފައި އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާންއަށެވެ. އޭނަ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

އެމްޑީޕީން ބުނީ ރަސްލާނަށް ހާޓްއެޓޭކް ޖެހުނީ ވަރަށް ކައިރިން ޕެޕާ ފުލުހުން ސްޕްރޭ ޖެހުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސްވެގެން ކަމަށެވެ.

ރޭގެ މުޒާހަރާގައި 8 މީހަކު ހައްުޔަރުކުރި އެވެ.