Last Updated: May 19, 00:16
Saturday, May 18, 2024
ކޮލަމް

މުޅު ވާހަކަ ދައްކާނެ ކަމަށް ނެތް، އަފިރިންނަށް އެނގެއި އައު ހޮސްޕިޓަލަށް އެޑާކަށް ސަރުކާރުން ނިހިނގާކަން

މީގެ ގާތްގަނޑަކަށް 14 ވަރަކަށް އަހަރަ ކުރިންކޯ ކަދުން އައްޑޫ 100 އެނދުގެ ހޮސްޕިޓަލަށް އެޑާ ވާހަކަ ދައްކާއް ފައްޓަގަތާ. ރައީސް މައުމޫނުގެ ސަރުކާރި އެމަނކުފާނު މި ހޮސްޕިޓަލަށް އެޑާ ވާހަކަ ދައްކައި އައްޑޫ ރައްޔިތުން މުއަ ހަދުވަގެން ވޭޑޭ ވޭލެއި އެ ވެރިކަމަސް ނިމެނެއި.

ދެން އައި އައްޑޫ ގިނަ ބާކިންގެ ތާޢީދާއި އެއްކޮށް ވެރިކަމަށް އާ ރައީސް ނަޝީދު. އެ ބޭފުޅާގެ ސަރުކާރި އަސް 3 އަހަރަ ވެގެން ގެއި ހޮސްޕިޓަލް އެޑާއް ނިފެއްޓި. ބާކިން އެބޭފުޅާ ކުއްލައި ވެރިކަމުން ވެއްޓީ ކަމަށް އިސްތިއުފާ ދިނީ ކަމަށް މިކޯ ދެން ބަލާކަށް ނެތިމާ. ކޭތި އަޑަ އިވެނީ ހޮސްޕިޓަލް އެޑާއް ނަޝީދު އަސް މަސައްކަތް ކެރި އައު.

ދެން އައި ރައީސް ވަޙީދު އަކާގެ ސަރުކާރައް. އެބޭފުޅާ އާސް ހޮސްޕިޓަލް އެޑާއް ވެގެން އާސް އެއްކަލަ ހިތަދޫ ސްޓޭޑިއަމި ކަވަރިޔެ އޮންނެ ބިމަށް ބަލައި ބަލަފެއި ފަހުން ކައުންސިލާއި އަރާރުން ވެފެއި އެކަމަކަސް ނިމިގެ. ކައުންސިލުން ބެނަނީ ތިމާމެން ބިމަށް ދެއްކިމާއު، ސަރުކާރުން ބެނީ ކައުންސިލާއި ހެދީ މިކަން ނިވީއައު.

ރައީސް ވަޙީދު އަކަށް ނިއެޑެނެ. އެޑާއް ނިއެސް ފެއްޓެނެ. ދެން ވެރިކަމަށް ވަޑަގަތީ މިކޯގެ ރައީސް ޔާމީން. އެބޭފުޅާ ވެރިކަމަށް އައި ހޮސްޕިޓަލް އެޑާނެ ކަމުގެ ޔަޤީންކަން ދެމުން.

އެކަމަކި ވެރިކަމަށް 2 އަހަރަ ވެގެން އެބެގޭކޯ 2 ކަލަށް ހޮސްޕިޓަލި ބީލަން ހުޅުވަފެއި ކޮންމި ކަލަކި ބާތިލް ކޮށްލަނީ. ވޭ އެއްތައް ބެނަނީ އަށް ނުން. ދެން އައްޑޫ ދާއިރާތަކަށް ނިސްބަތްވޭ މަޖިލިސް މެންބަރުންގެ ތެރެއިން ސަރުކާރަށް ތާޢީދު ކެރާ މީހުން ބެނާ ގޮތުން ފެހޭ " އެޑާށިޔެ، އެޑާށިޔެ". ވޭނިވޭ އޮޅުން ފަލުވާއް ވެގެން ފޭދޫ މެންބަރު އިބްރާހިމް ދީދީ އެކުހުން އެހިމެއި އެބޭފުޅާ ބެނަނީ، "މައް ޔަޤީން އެޑާހެއް" . ދެން ހިށީ ހުޅުދޫ މެންބަރު ޝާޙިދު.އެބޭފުޅާ އަސް ބެނަނީ "2017 ގެ ކުރިން ހުޅުވާށިއައު" . އެކަމަކި ނިއެޑި ލަސްވެނީ ކިޔަންވީ ކަމަށް، ބީލަން ކެންސަލް ކެރަނީ ކިޔަންވީ ކަމަށް މިވެރިޔެ ނިބެނަތާ.

2014 ވަނަ އަހަރަ ފޭދޫ ލާއި ރައީސް ޔާމީން ވިދާޅަވީ 2014 ވަނަ އަހަރަ ނިމުމުގެ ކުރިން ހޮސްޕިޓަލި މަސައްކަތް ފަށާނެ ވާހަކަ. އަފިރިން އަޖާއިބު އަންތަރީސް ވޭ ކަމަކީ، އެހެން ވިދާޅަވީ ފަހުން 2014 ނިމި 2015 އަސް މި ނިމެނީ. އެބެނާ ހޮސްޕިޓަލަށް އެޑާއް ނިއަށް ފެއްޓެއި.

މިފަހަރަސް ބީލަން ކެންސަލް ކޮށްލާއި މިނިސްޓަރ ޖިހާދު ވިދާޅަވީ، ހޮސްޕިޓަލި މަސައްކަތް "މަޑަޖައްސަލީ" އައު. އަޖާއިބަކީ މަޑަޖައްސާނެއި ދުވަހަކިއަސް ބާކިން ކެރާއް ފެއްޓި މަސައްކަތަށް އެއްތެއްނާ ނު. މި ހޮސްޕިޓަލަކާއު ކޭއި ކޭއި ތިބުން ނުން ކަމަށް މިވެރިންގެ ނެތް. އިޚްލާސްތެރިކަމަށް އޮތް ސަރުކާރަށް އެއްތެއްނާ އެންމެ ކުދު މިނުން ވޭނިވޭ އަސް ބެނާއްވެގެ ނުނީ. ނިއެޑޭ ފެހޭ "އޯއި ތިމާމެންނަށް މިކަން ނިވޭށިއައު" ނަލަކޮށް ބެނަލީމެއި ނިމެނެއިތާ.

ދައުލަތި ލާރި ނެތިގެން އެނެއްކަމަށް ނިވެގެން އައްޑޫ ހޮސްޕިޓަލް ނިއެޑެނާއު ބެނާކޯ މިދާއްކެން ދުވެހި ރައީސް ޔާމީން ވިދާޅާވީ، މާލޭ އައިޖީއެމްއެޗަށް 25 ބުރީގެ އައު އިމާރާތަށް 2 އަހަރުން އެޑާށުމާއު. މީ މިވެރިންގެ އިޚްލާސްތެރިކަން ހިންނެ ވަރަކީ. އެހެންމެއި ތެބެ އެނގެއި ނު އައްޑޫ ހޮސްޕިޓަލް ނިއެނޑިގެން ހިނގަނީ ސަރުކާރުން އެކަން ކެރާއް ބޭނުން ނިވޭ ހެދީ ކަން. ކޮންމެހެން ލާރިއަށް ނެތިގެން ނުންކަން.

މީގެ އެންމެ ދެރައި ސަރުކާރުން ހަދާނެހެއި އެއްތައް ހަދުވާއް ވެގެން އަފިރިން ހޮވަފެއި ތިބި މެންބަރަކާ މެންނަސް އަތްޖަހަ ޖަހައި ތިބޭކަން. ރަށާއު ކޭފެއި އެއްތަކާއު ކޭއްވީމެއި ލޮނޮމަޑަވެފެއި ތިބެނީ ހަމަ. އެހެންނާ މީ އަފިރިންގެ ވިންދު އެނގެއި އައުކޭފެއި މަޖިލީހަށް ހޮވެނެ މެންބަރާ.

ސަރުކާރުނަސް އަދި މަޖިލިސް މެންބަރުންނަސް ހޮސްޕިޓަލް އެޑާށުމާއު ކޭފެއި މުޅު ވާހަކަ ދައްކާނެ ކަމަށް ނެތް. އަފިރިންނަށް އެނގެއި މިތަނި ތެ ހޮސްޕިޓަލް އެޑަގެން މިތާއް މީހުން އާސްގެން މިތަން ތަރައްޤީވޭތަން ބަލާއް ތެ މާލޭ ސަރުކާރަށް ހަޖަމު ނިވޭހެއްކަން. އެހެންވެ ބަހަނާ ދައްކަފެއި އެކަން ނިކެރާއް ތެހިގަނީ.