Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ވަރަށް ހެޔޮ ނަސޭހަތްތަކެއް؛ ކިޔާލަމާ

ފަސްކަމަކުން 5 ކަމެއް އަންނާނެ އެވެ.

1. އިސްތިޣުފާރު ކުރުމުން ރިޒުޤު ތަނަވަސްވެގެން ދާނެ އެވެ.
2. ބެލުންތައް ތިރިކުރުމުން ފިރާސަތު (ވިސްނުންތެރިކަން) އަންނާނެ އެވެ.
3. ލަދުވެތިކަމުން ހެޔޮކަން އަންނާނެ އެވެ.
4. މަޑުމައިތިރި ބަހުރުވައިން (މީހުންނާ މުޢާމަލާތް ކުރުމުގައި) ސުވާލުކުރުމުގެ ފުރުޞަތު އަންނާނެ އެވެ.
5. ރުޅިވެރިކަމުން ހިތާމަ އަންނާނެ އެވެ.

ފަސްކަމަކުން 5 ކަމެއް ދުރުކުރެވެ އެވެ.

1. މަޑުމައިތިރި ބަހުރުވައިން ރުޅި ދުރުކުރެވެ އެވެ.
2. ﷲ ގެ ޙަޟްރަތުގައި ރައްކާތެރިކަން އެދުމުން (އަޢޫޛުބިﷲ ކިޔުމުން) ޝައިޠާނާ ދުރުކުރެވެ އެވެ.
3. ކެތްތެރިކަމާއެކު ކަންކަން ކުރުމުން ހިތާމަ ދުރުކުރެވެ އެވެ.
4. ދޫ ހިފެހެއްޓުމުން ކުށް ދުރުކުރެވެ އެވެ.
5. ދުޢާކުރުމުން ނުބައި ޤަދަރު (ނުވަތަ ނުބައި ކަންތައްތައް) ދުރުކުރެވެ އެވެ.

ޢާއިލާގެ ތެރޭގައި ބައްޕަގެ ހައިބަތު ގެއްލި، މިސްކިތުގައި ޝައިޚުންގެ ހައިބަތު ގެއްލި، ސްކޫލްތަކުގައި އެދުރުމީހާގެ ހައިބަތު ގެއްލި، ޢާއިލާގައި ބޮޑެތި މީހުންގެ ހައިބަތު ގެއްލިއްޖެ ނަމަ މުޅި މުޖުތަމަޢު އެކުގައި ނެތިގެން ދިޔައީ އެވެ.

ތިބާ މިހާރު ތިހިރަ ޙާލަތާ މެދު ވިސްނާށެވެ. މަރަށާއި ކަށްވަޅަށް ތިޙާލަތު އެކަށީގެންވާނަ މަ، ތިޔަ ގޮތުގައި ދެމިހުންނާށެވެ. މިހާރު ތިހިރަ ޙާލަތު އެ ދެ ކަމަށް އެކަށީގެން ނުވާ ނަމަ މާތް ﷲ އަށް ތައުބާށެވެ. އިޞްލާޙުގެ މަގަށް ރުޖޫޢަވާށެވެ.

ބައެއް މީހުން އެހެން މީހުންނާ މުޚާޠަބުކޮށް އެ ބުނާބަސްތަކުގެ ހިތިކަން ދެނެގަތުމަށްޓަކައި އެބަސްތަކުގެ ރަހަ ބަލާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ." (محمد كمال قرشى)

"އަބާއްޖަވެރިކަމުގެ ތެރޭގައި ތިމާގެ ޢައިބުތައް ހަނދާން ނައްތާލުމަށް ފަހު އެހެން މީހުންގެ ޢައިބުތައް ހޯދަން މަސައްކަތްކުރުން ހިމެނެ އެވެ." (مفتاح دار السعادة 297/1)

އިމާމު އަޙްމަދު ވިދާޅުވެފައިވެ އެވެ؛ ޙަލާލު ކާބޯތަކެތި ކެއުމުން ހިތަށް ހަމަޖެހުން ލިބި ހިތް މަޑުވެގެން ދާނެ އެވެ."

މީސްތަކުންގެ ތެރެއިން ބައެއް މީހުން އިޚްލާޞްތެރި ވަނީ އެ މީހުންގެ ބޭނުންތަކަށެވެ. އެމީހުންގެ ބޭނުންތައް ބަދަލުވެގެން ދިއުމުން އިޚްލާޞްތެރިކަން ވެސް ބަދަލުވެގެން ދެ އެވެ.

"މުޖުތަމަޢުގެ ފަރުދުން ބުނެފާނެ ބަހަކަށް ތިބާގެ ރައުޔު ބަދަލު ނުކުރާށެވެ. މުޖުތަމަޢުގެ ފަރުދުން ތިބާއަށް ދެނީ ލަފައެވެ. ކާބޯތަކެއްޗެއް ނޫނެވެ."

އެންމެ މޫނަކާއެކު ބައްދަލު ކުރާ މީހުންނަށްޓަކައި ހެޔޮ އެކުވެރިޔަކަށްވާށެވެ.

މައުލޫމާތު: ޝެއިހް މޫސާ އަންވަރު ހަސަން