Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ވިމެން އިން ޕޮލިސިން ސަމިޓް ފަށައިފި

"ވިމެން އިން ޕޮލިސިން ސަމިޓް" މިއަދު ފަށައިފި އެވެ.

ކްރޮސް ރޯޑްސް، މޯލްޑިވްސްގައި ކުރިއަށް ގެންދާސަމިޓް ފައްޓަވައި ދެއްވީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދެވެ. އެ ރަސްމިއްޔާތުގައި، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވެސް ބައިވެރިވެވަޑައިގަތެވެ.

"ވިމެން އިން ޕޮލިސިން ސަމިޓް" އަކީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ލީޑަޝިޕް އިތުރުކޮށް އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް މަޝްވަރާކުރުމާއި އެ ދާއިރާ ކުރިއެރުވުމަށްޓަކައި ބާއްވާ ސަމިޓެކެވެ.

މި ސަމިޓް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 6 އަށެވެެ.

ސަމިޓުގައި ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ އަންހެނުންނާއި، ގާނޫނު ތަންފީޒުކުރުމުގެ ސިޔާސަތުތައް އެކުލަވައިލާ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންގެ އިތުރުން ބައިނަލްއަގުވާމީ މާހިރުން ބައިވެރިވެ، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރާއި، އެ ދާއިރާ ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

ސަމިޓުގައި، އަންހެން ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ ‘’ޗެލެންޖް ކޮއިން" އިފްތިތާހުކޮށް އަދި "މޯލްޑިވްސް ވިމެން އިން ޕޮލިސިން" ފޮތް ނެރެފައިވެ އެވެ.

މީގެ އިތުރުން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި މަސައްކަތްކުރާ މައި ފަސް އިދާރާއެއްގެ މެދުގައި، ލީޑަޝިޕް ވަރުގަދަކުރުމަށް ޑިކްލަރޭޝަނެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ.

ސަމިޓްގައި މައުލޫމާތު ދެއްވަނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި، އެފްބީއައިގެ ފަރާތުން ޝެލީ ކަންނާ، ސަރްދާރް ވައްލަބާއި ޕޮލިސް އެކަޑަމީގެ ފަރާތުން ރާދިކާ ޖީ އަދި ޗައިނާގެ ހާއްސަ ޕްރޮފެސަރު ޝިއައޯޕިން ލިއު ހިމެނެ އެވެ.

ސަމިޓުގައި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޔޫއެންޑިޕީ، ޔޫއެން ވިމަން، އިންޓރޕޯލް، އިންޓަޕާ އަދި ސަރަހައްދީ ބައިވެރިން ކަމަށްވާ އެފްބީއައި، އޭއެފްޕީ، ޑީއީއޭ.، މެލޭޝިއާގެ ރޯޔަލް ފުލުހުން، ސިންގަޕޫރު ފުލުހުން، ސްރީ ލަންކާ ފުލުހުން، އިންޑިއާގެ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީ، ރޯޔަލް ކެނެޑިއަން މައުންޓެޑް ޕޮލިސް އަދި ބައިނަލްއަގުވާމީ އަންހެން ފުލުހުންގެ ޖަމުއިއްޔާތަކުން ބައިވެރިވެ އެވެ.

މީގެ އިތުރުން، ބަންގްލަދޭޝް، ޖަޕާން، ޗައިނާ، އިންޑޮނޭޝިއާ، ޕާކިސްތާން، ސަޢޫދީ ޢަރަބިއްޔާ، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، ކެނެޑާ، އޮސްޓްރޭލިއާ، ޔުނައިޓެޑް ސްޓޭޓްސް އަދި ޔުނައިޓެޑް ކިންގްޑަމްގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ބައިވެރިން ވެސް