Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އައިޑީ ކާޑުގެ ހިދުމަތް ހަނިމާދު އަށް

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ހދ. ހަނިމާދޫގައި އިއްޔެ ފަށައިފި އެވެ.

އެ ރަށަކީ ޚިދުމަތް ފެށި 34 ވަނަ ރަށް ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އިން ބުންޏެވެ.

އޮގަސްޓު 25 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ ކައުންސިލުން އެދިވަޑައިގަތީ އެރަށުގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށެވެ.

މިހާރު 20 އަތޮޅެއްގެ 34 ރަށެއްގައި އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޚިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝި އާއެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން އެ ޚިދުމަތް ތައާރަފުކުރީ ގއ.ވިލިނގިލީގަ އެވެ.