ޅ. އަތޮޅުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް އެ އަތޮޅުގައި ދެނީ ނައިފަރު މެރުވެރިކޮށެވެ. އެގޮތުން ހިދުމަތް ރަސްމީކޮށް އިފުތިތާހުކުރީ ރޭގަ އެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓް ހިދުމަތް ފުޅާކުރަން ފެށި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ގިނަ އަތޮޅުތަކެއްގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކޮށްފައިވެ އެވެ.