ޖަޕާނުން ދޭ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މިއީ ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ފަރާތުން ރާއްޖެ އަށް ދީފައިވާ މާސްޓާސް ޑިގްރީގެ ހަ ސްކޮލަޝިޕް ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްތީން ބުންޏެވެ. މސްކޮލަޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އަދި މިސްކޮލަޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ދޭނީ ވެސް ޖޭޑީއެސް އިންނެވެ.
މި ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ.
އެޕްލައި ކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ. އަދި ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ 22-39 އަހަރާ ދެމެދުގެ މީހުންނަށެވެ
މި ސްކޮލަޝިޕް ސްކީމް ރާއްޖޭގައި ތަޢާރަފުކުރީ 2020 ގަ އެވެ. އޭގެ ފަހުބް މިހާތަނަށް 27 ދަރިވަރަކަ ސްކޮލަޝިޕް ދީފައިވެ އެވެ.
އެގޮތުން ކޮންމެ އަހަރަކު ވެސް ހަ ސްކޮލަޝިޕް ޖަޕާނުގެ ތިން ޔުނިވަސިޓީއަކުންދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ ކޮންމެ ޔުނިވަސިޓީއަކުން ދެ ފުރުސަތު ދޭ ގޮތަށެވެ. އެ ޔުނިވަސިޓީތަކަކީ އިންޓަނޭޝަނަލް ޔުނިވަސިޓީ އޮފް ޖަޕާނާއި ރިތުސުމީކަން ޔުނވަސިޓީގެ އިތުރުން ރިތުސުމީކަން އޭޝިއާ ޕެސިފިކް ޔުނިވަސިޓީ އެވެ.