Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

'ރާއްޖޭގެ ބުކް އޮފް ރެކޯޑްސް' ލޯންޗްކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "ރާއްޖޭގެ ބުކް އޮފް ރެކޯޑްސް" ލޯންޗްކޮށްފި އެވެ.

އެ އިފްތިތާހުކުރީ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން އިއްޔެ އެވެ.

"ރާއްޖޭގެ ބުކް އޮފް ރެކޯޑްސް" އަކީ ރާއްޖޭގައި ހާސިލުކުރެވޭ އާދަ ޚިލާފު ކާމިޔާބީތައް ލިޔެކިޔުމުން ބަލަހައްޓައި، އެފަދަ ރެކޯޑުތައް ދަމަހައްޓާ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށާ ގައުމީ ފެންވަރުގެ މަސައްކަތެކެވެ.

އެ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވީއެމްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަޑާއި މިއީ ގިނިސް ވޯލްޑް ރެކޯޑްސްގެ މިންގަނޑުތަކާ އެއްގޮތަށް ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ބުކް އޮފް ރެކޯޑްސްގެ ވެބްސައިޓާއި އެހެނިހެން ވަސީލަތްތައް ތައްޔާރުކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޠޯރިގް އިބްރާހީމް ވިދާޅުވީ މި ރެކޯޑު ފޮތުގެ ސަބަބުން ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ ބުކް އޮފް ރެކޯޑްސް" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް އޮތީ ހުޅުވާލައފަ އެވެ. އަދި ރެކޯޑެއް ހާސިލުކުރާ ކޮންމެ ފަރާތަކަށް ސެޓްފިކެޓަކާއި ހާއްސަ ކޮއިނެއް ދޭނެ ކަމަށް ވީއެމްސީން ބުންޏެވެ.