Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މެންޓަލް ހެލްތު ޑޭގައި އެގްޒިބިޝަނެއް

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ރާއްޖޭގައި އާޓް އެގްޒިބިޝަނެއް ބާއްވަން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމު ކުރާ މި އެގްޒިބިޝަން އޮންނާނީ މި މަހުގެ 10 ގަ އެވެ. އާޓް އެގްޒިބިޝަންގެ ތީނަކީ "ލެބިރިންތު" އެވެ.

މި މަހުގެ 10-15 އަށް ނެޝަނަލް އާޓް ގެލެރީގައި އެގްޒިބިޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ފަންނުވެރިންނަށް އެ މީހުންގެ މަސައްކަތްތައް ވިއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި އޮންނާނެ އެވެ.

މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އެގްޒިބިޝަނެއް ބޭއްވި އެވެ. އެ ބޭއްވީ "ޝޭޑްސް އޮފް މައިންޑް" ތީމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުން ކަމަށެވެ.

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ނުވަތަ މެންޓަލް ހެލްތު ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 10 އެވެ. އެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އެކްސެސް ޓު ސާވިސެސް: މެންޓަލް ހެލްތު އިން ކެޓާސްޓްރޯފްސް އެންޑް އިމަޖެންސީސް" އެވެ.