Last Updated: July 24, 06:25
Friday, July 24, 2026
ޚަބަރު

ގއ. އަތޮޅަށް ވެސް ޕާސްޕޯޓްގެ ހިދުމަތް

ގއ. އަތޮޅުގައި ވެސް ޕާސްޕޯޓް ދުކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ އަތޮޅުުގައި މި މަހުގެ 3 ގައި ހިދުމަތް ތައާރަފުކޮށް ކަލެކްޓިން ޕޮއިންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވިލިނގިއްޔެވެ.

މުޅި ރާއްޖެ އަށް ޕާސްޕޯޓް ހިދުމަތް ފުޅާކުރަން ފެށި މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ގިނަ އަތޮޅުތަކެއްގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކޮށްފައިވެ އެވެ.