Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

12 ރަށެއްގެ ފުޓްބޯޅަ ދަނޑު ހަދަން ބީލަމަށް

ބާރަ ރަށެއްގެ ފުޓްބޯޅަދަނޑު ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ރަށްތަކަކީ ގއ. މާމެންދޫ، އެ އަތޮޅު ލަންދޫ، ގދ. މަޑަވެލި، ލ. މާބައިދޫ، އެ އަތޮޅު ހިތަދޫ، ރ. ފައިނު، އެ އަތޮޅު ރަސްމާދު އާއި ނގޫފާރު، ހއ. ކެލާ، ށ.ބިލެއްފެއްސާއި އެ އަތޮޅު ނަރުދޫ އަދި ތިނަދޫ ސިޓީ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ރަށްތަކުގެ ދަނޑުޔައް ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަނަށް 500ރ. ދައްކަން ޖެހެ އެވެ.

މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން މި މަހުގެ 9 ހެނދުނު 10:00:00 ގައި އޮންލައިންކޮށް އޮންނާނެ އެވެ.

ބީލަންތައް ހުށަހަޅަން ޖެހެނީ ބީލަން ޕޯޓަލް beelan.finance.gov.mv މެދިވެރިކޮށް މި މަހުގެ 19 ގެ ހެނދުނު 10:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.