Last Updated: June 8, 20:18
Monday, June 8, 2026
މުނިފޫހިފިލުވުން

ރިތިކް އުފައްދާ ސީރީޒަށް 5 ބަތަލާއެއް

އަލާޔާ.

ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އެމެޒޯން ޕްރައިމާ ގުޅިގެން ހަދަން ނިންމާފައިވާ ސީރީޒަށް ބައެއް ކާސްޓުން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަން އަދި ސާފު ނުވާ މި ސީރީޒަކީ ރިތިކްގެ އަމިއްލަ ފިލްމު ކުންފުނި، އެޗްއާރްއެކްސް ފިލްމްސްގެ ފުރަތަމަ ޕްރޮޖެކްޓެވެ.

މީޑިއާތަކުން ބުނީ މީގެ ކާސްޓަށް ނެގި މީހުންގެ ތެރޭގައި ފަސް ބަތަލާއަކު ހިމެނޭ ކަމަށެވެ. އެއީ ސައިފް އަލި ޚާންގެ 2020 ގެ "ޖަވާނި ޖާނެމަން" އިން ތައާރަފުވި އަލާޔާ ފަރްނީޗަރުވާލާ އާއި ޝްރިޝްތީ ސްރިވާސްތާވް އާއި ރާމާ ޝަރުމާ އާއި ޕާރްވަތީ ތިރުވޮތޫގެ އިތުރުން ރިތިކްގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދެވެ.

މީޑިއާތަކުން ބުނީ ސޯޝަލް ތުރިލާއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ ސީރީޒްގެ ޑައިރެކްޓަރަކީ ސޮނީ އެންޓަޓައިންމަންޓްގެ ސްޓްރީމް ޕްލެޓްފޯމް، ސޮނީ ލިވް އަށް 2021 ގައި ތުރިލާ "ޓަައްބަރު" ގެނެސްދިން އަޖިތުޕަލް ސިންގް ކަމަށެވެ.

އޭނަގެ ސީރީޒްގެ ޝޫޓިން މި އަހަރުގެ ނިމުމުގެ ކުރިން ފަށަން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިއާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.