ބަންގްލަދޭޝް އާއި ސްރީލަންކާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ވަކިވަކިން ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
ބަންގްލަދޭޝް އިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި ކަނޑައެޅުއްވީ ނަޒްމުލް އިސްލާމް އެވެ. އަދި ލަންކާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ މުޙައްމަދު ރިޒްވީ ޙަސަން އެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒާއި ލަންކާ އަދި ބަންގްލަދޭޝްގެ ސަފީރުން ވަނީ އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.