ބަހުލޫލަކީ ޢައްބާސީ ޚަލީފާ ހާރޫން އައްރަޝީދުގެ ޒަމާނުގައި އުޅުނު މޮޔައެކެވެ. އެއް ދުވަހަކު هارون الرشيد އޭނާގެ ކައިރިން ވަޑައިގަތެވެ. އެވަގުތު ބަހްލޫލު އިނީ ގަބުރުސްތާނެއްގައި އިށީނދެގެންނެވެ.
هارون الرشيد އޭނާއާ މުޚާޠަބުކޮށް ވިދާޅުވި އެވެ. އޭ ބަހްލޫލު، އޭ މޮޔަޔާ އެވެ. ތިބާ ބުއްދި ހަމަޖެހޭނީ ކޮން އިރަކުން ހެއްޔެވެ؟" އެހިނދު ބަހުލޫލު ދުވެފައި ގޮސް ގަހަކަށް އަރައި، އެ ގަހުގައި އިނދެ هارون الرشيد ގޮވާލިއެވެ؛ އޭ ހާރޫން، އޭ މޮޔަޔާ އެވެ.. ތިބާ ބުއްދި ހަމަޖެހޭނީ ކޮން އިރަކުން ހެއްޔެވެ؟"
އޭރުން هارون الرشيد އެ ގަހުގެ ދަށުގައި އެމަނިކުފާނުގެ އަސްމަތީގައި އިންނެވި އެވެ. އަދި ބަހުލޫލާ މުޚާޠަބުކޮށް ވިދާޅުވިއެވެ. މޮޔައަކީ ތިމަން މަނިކުފާނު ހެއްޔެވެ. ނުވަތަ ތިބާ ހެއްޔެވެ؟ ބަހުލޫލު އޭނާއަށް ޖަވާބު ދިނެވެ. އަހަރެންނަކީ ބުއްދިވެރިއެކެވެ!" هارون الرشيد އެއްސެވިއެވެ. އެއީ ކޮން ގޮތަކު ންހެއްޔެވެ؟ ބަހުލޫލު ބުންޏެވެ.
هارون الرشيدގެ ގަނޑުވަރަށް އިޝާރާތްކޮށް މިއީ ފަނާވާނެ އެއްޗެއްކަން އަހަރެންނަށް އެނގޭތީއެވެ. ގަބުރަށް އިޝާރާތްކޮށް އަދި މިއީ ދެމިހުންނާނެ އެއްޗެއްކަން އެނގޭތީއެވެ.
"އެހެންވީމާ، އަހަރެން މިތަން އާބާދުކުރީ އެތަނުގެ ކުރިންނެވެ. އޭނާގެ ގަނޑުވަރަށް އިޝާރާތްކޮށް ބުންޏެވެ. އެކަމަކު ތިބާ އާބާދުކޮށްފައިވަނީ މިތަނެވެ.
"އަދި މި (ޤަބުރު) ތިބާ ވީރާނަކޮށްފީމު އެވެ. އެހެންކަމުން، ތިބާ އާބާދީން ވީރާނައަށް ބަދަލުވުމަށް ނުރުހެއެވެ. އެއީ އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ ތިބާގެ ނިމުންކަން ތިބާއަށް އެނގޭ ހިނދުގައެވެ. އަދި ބަހުލޫލު އިތުރަށް ދެންނެވިއެވެ. އެހެންވީމާ، ތިބާ ބުނެދީބަލާށެވެ. ދެ މީހުންގެ ތެރެއިން މޮޔައަކީ ކާކު ހެއްޔެވެ؟ އެހިނދު هارون الرشيدގެ ހިތްޕުޅު ތެޅިގަތެވެ. އަދި އެމަނިކުފާނުގެ ތުނބުޅިފުޅު ތެމެންދެން ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. މާތް ﷲ ގަންދީ ބުނަމެވެ.
ހަމަކަށަވަރުން ތިބާ ތިބުނީ ތެދު ވާހަކައެކެވެ. ދެން هارون الرشيد ބަހުލޫލަށް ވިދާޅުވިއެވެ. "އޭ ބަހްލޫލެވެ! ތިމަންމަނިކުފާނަށް އިތުރަށް ނަސޭހަތްދީބަލާށެވެ! ބަހުލޫލް ދެންނެވި އެވެ. މާތް ﷲ ގެ ފޮތް ތިބާއަށް ފުދެ އެވެ. އެހެންވީމާ، އެއަށް ތަބާވާށެވެ.
هارون الرشيد ވިދާޅުވިއެވެ. ތިބާއަށް ބޭނުންވާ ކަމެއް އެބައޮތް ހެއްޔެވެ؟ ތިމަންމަނިކުފާނު އެކަމެއް ފުއްދަވައިދެއްވާނަމެވެ! ބަހުލޫލް ދެންނެވިއެވެ! "އާދޭވެ! ތިން ކަމެއް ބޭނުމެއްވެ އެވެ. މަނިކުފާނު އެ ބޭނުންތައް ފުއްދަވައި ދެއްވައިފި ނަމަ ތިމަން، މަނިކުފާނަށް ޝުކުރު އަދާކުރާނަމެވެ." هارون الرشيد ވިދާޅުވި އެވެ. އެހެންވީމާ، އެކަންކަމަށް އެދޭށެވެ!
ބަހުލޫލް ދެންނެވި އެވެ. ތިމަންގެ އުމުރު އިތުރުކޮށް ދެއްވާށެވެ! هارون الرشيد ވިދާޅުވި އެވެ. "ތިމަންމަނިކުފާނަށް ތިކަމުގެ ކުޅަދާނަ ކަމެއް ލިބިގެނެއް ނުވެ އެވެ.
ބަހުލޫލު ދެންނެވިއެވެ. މަލަކުލްމައުތުގެފާނުގެ ކިބައިން ތިމަން ސަލާމަތްކޮށް ދޭށެވެ!" هارون الرشيد ވިދާޅުވި އެވެ. "ތިމަންމަނިކުފާނަށް ތިކަމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެ އެވެ. ބަހުލޫލު ދެންނެ ވިއެވެ. ތިމަން ސުވަރުގެއަށް ވައްދަވައި، ނަރަކައިން ދުރުކޮށް ދެއްވާށެވެ! هارون الرشيد ވިދާޅުވި އެވެ. "ތިމަންމަނިކުފާނަށް ތިކަމުގެ ކުޅަދާނަ ކަމެއް ލިބިގެނެއް ނުވެ އެވެ. ބަހުލޫލު ދެންނެވިއެވެ.
އެހެންވީމާ ދެނެވަޑައިގަންނަވާށެވެ. މަނިކުފާނަކީ އަޅެކެވެ. ރަސްކަލެއް ނޫނެވެ. އަދި މަނިކުފާނުގެ ކިބައިން ތިމަން ބޭނުންވާ އެއްވެސް ކަމެއް ނެތެވެ." (كتاب عُقلاء المجانين)
ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.