Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓުގެ ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ފަތިހު 4:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.