Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި

މާލޭގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ އަސުރުމާ ގޯޅީގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ މިރޭ 19:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީ ހިންގާފައިވަނީ ދެ ބިދޭސީންގެ މެދުގައި ކަމަށާއި އެގޮތުން އެކެއްގެ ބޯ ފެޅި އަނިޔާވެފައިވާއިރު، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.